އެމްއެންޔޫގެ މެރިޓައިމް ސަވައިވަލް ސެންޓަރުގެ އަމަލީ މަސައްކަތް ފަށަން ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.
އެ މަޝްރޫއު ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިއްޔެ ބުނީ، ސައިޓް މޮބިލައިޒް ކުރުމުގެ މަސައްކަތް ފަށާފައި ވަނީ އިއްޔެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ޝީޓް ޕައިލްކޮށްފައިވާ 1،200 ކިޔުބިކް މީޓަރުގެ ލޭންޑް ފިލްކުރުމާއި 35 މީޓަރުގެ އެއްގަމު ތޮށި ޝީޓް ޕައިލްކުރުމާއި 27.25 މީޓަރުގެ އެއްގަމު ހުރަސް ތޮށީގައި ކޮންކްރިޓް ގާ ޖެއްސުމުގެ އިތުރުން 4.2 މީޓަރުގެ ދިގުމިނުގެ 6.4 މީޓަރުގެ ފުޅާމިނުގެ ރޭމްޕެއް ހެދުން ހިމެނެއެވެ. އަދި ވާ އައްސާ މޫރިން ބޮލާޑް ހަރުކުރާނެއެވެ.
އެމްއެންޔޫގެ ފަރާތުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 21 ޑިސެމްބަރު 2021ގައެވެ. މިއީ 4.59 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު