ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ އެއްގަމު ތޮށި އަޕްގްރޭޑު ކުރުމާއި މާލޭގެ މަގުތަކުގެ ފެންހިންދާ ނިޒާމް އަޕްގްރޭޑް ކުރުމާ ގުޅޭ ސާވޭތައް ކުރުމަށް އެއްބަސްވެއްޖެއެވެ.

އެ ދިރާސާތައް ކުރަނީ ޖަޕާނު އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިންނެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނަރަލް އަހުމަދު ތަލްހަތެވެ. އަދި ޖައިކާގެ ފަރާތުން ސޮއިކުރެއްވީ ޕްރިޕަރޭޓަރީ ސާވޭ ޓީމުގެ ލީޑަރު ހިޑެއަކީ މަޓްސުމޯޓޯއެވެ.

ނަމަވެސް އެ ދިރާސާތަކާ ގުޅޭ އިތުރު ތަފްސީލެއް ޕްލޭނިން މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

މިހާރު މާލޭގައި ލާފައިވާ އެއްގަމު ތޮއްޓަކީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލާފައިވާ ތޮއްޓެކެވެ. ތޮށި ލުމަށް އެފަހަރުވެސް ދިރާސާކޮށްފައިވަނި ޖައިކާއިންނެވެ. އެފަހަރު ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ 1991 އިން 1992 އަށެވެ.