ޚަބަރު

ހުސެއިން ވަހީދުގެ މަރު: މަރަން ހުކުމްކުރި މީހެއްގެ ހުކުމަށް ބަދަލު ނުގެނައި މައްސަލަ ސުޕްރީމް ކޯޓަށް

އިބްރާހިމް ޒަކީ

މއ. އައިޝާ/ ހުސައިން ވަހީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި އޭރު ކުޑަކުއްޖެއްގެ ގޮތުގައި ހުރި މީހަކަށް ކްރިމިނަލް ކޯޓުން ކުރި މަރުގެ ހުކުމަށް ހައިކޯޓުން ބަދަލު ނުގެނައި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ހުސައިން ވަހީދު މަރާލީ 24 ޑިސެމްބަރު 2013 ގެ ރޭ، އޭނާ ދިރިއުޅޭ މއ. އާއިޝާ ކައިރީގައި ހުއްޓާ އަށް އިންޗީގެ ވަޅިއެއް އޭނާގެ މެއަށް ހަރައި ޒަހަމްކޮށްލުމުން އެކަމަށް ފަރުވާ ހޯދަމުންދަނިކޮށެވެ.

އޭނާ މަރާލީ އޭރު 18 އަހަރު ނުފެރޭ ދެ ކުދިންނެވެ. ޖުވެނައިލް ކޯޓުން 2015 ވަނަ އަހަރު އެ ދެމީހުންނަށް މަރުގެ ހުކުމް އިއްވުމުން އެ ނިންމުން އެ ދެމީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ނަމަވެސް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ އެ ދެ މީހުންގެ ތެރެއިން ހައިކޯޓުން 2019 ވަނަ އަހަރު ހުކުމް އިއްވި މީހާގެ ފަރާތުންނެވެ. ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ، ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ.

ޖުވެނައިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުުމުން އެ މައްސަަލަ ބެލުމަށްގަހު ހައިކޯޓުން ކުރި ހުކުމުގައި ވަނީ އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމަަށް ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ހުކުމްކުރާ ކަމަށެވެ.