ވިލާ ގުރޫޕުގެ ދަށުން ހިންގާ އައިލެންޑް އެންޓަޕްރައިސަސް އިން ށ. އަތޮޅު ކީކިމިނީގައި ހިންގާ ފިޝަރީޒް ކޮމްޕްލެކްސްއިން މަސް ގަންނަން ފަށައިފިއެވެ.

އައިލެންޑް އެންޓަޕްރައިސަސް އިން ނެރުނު ބަޔާނެއްގައި ބުނީ، ކީކިމިނީގައި ހުންނަ އެ ކުންފުނީގެ މަސް ފެކްޓްރީގެ މަސައްކަތް ފަށައި، މިދިޔަ އަންގާރަ ދުވަހުން ފެށިގެން މަސް ކިރަން ނިންމާފައިވާ ކަމަށެވެ.

އެ މަސް ފެކްޓަރީން މިވަގުތު ގަންނާނީ ހަމައެކަނި ކަޅުބިލަ މަހާއި ކަންނެލި މަހެވެ. މަސް ގަންނަނީ މަހުގެ ބަރުދަން 1.5 ކިލޯއިން މަތި ނަމަ 13 ރުފިޔާއަށް އަދި 1.5 ކިލޯއަށްވުރެ ދަށް ނަމަ 5.5 ރުފިޔާއަށެވެ.

އައިލެންޑް އެންޓަޕްރައިސަސް އިން ބުނީ، މަސް ކިރުވަން ބޭނުންވާ މަސް ދޯނިތަކުން މަސް ފެކްޓްރީއަށް ގުޅައިގެން މަސް ކިރުވުމުގެ އިންތިޒާ ހަމަޖެއްސުމަށް އެދޭ ކަމަށެވެ

ކީކިމިނީގައި 1،900 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހުރެއެވެ.