ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނާއިބު ރައީސަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ސްޓޭޓް އޯންޑް އެންޓްޕްރައިސް (އެސްއޯއީ) ކޮމިޓީއަށް ފޮނުވައިފައެވެ.

ޕީސީބީގެ ނާއިބު ރައީސަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް އެސްއޯއީ ކޮމިޓީއަށް ފޮނުވާފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ނުވަވަނަ މާއްދާގެ ދަށުން އެ ބޯޑުގެ ނައިބު ރައީސްކަމުގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ހއ. އިހަވަންދޫ، އާޒާދީބަހާރުގެ، މުހައްމަދު ފިރާޒްއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑް އެކުލެވިގެންވަނީ ބޯޑުގެ ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތް މެމްބަރުންގެ މައްޗަށެވެ.