ކުރިއަށް އޮތް ތިން ދުވަހުވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށާއި ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މި ވިއްސާރައިގެ އަސަރު އެއްކޮށް ކެނޑޭނީ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ކަނޑުތައްވެސް ގަދަވާނެ ކަމަަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މުޅި ރާއްޖެއަށް މިއަދަށްވުރެ މާދަމާ ބޯކޮށް ވާރޭވެހޭނެ. މާދަމާ އަދި ހުކުރު ދުވަހު ކަނޑުތައްވެސް ވަރަށް ބޮޑަށް ގަދަވާނެ. ހޮނިހިރުގައި ތަންކޮޅެއް މަޑުވިޔަސް ވިލާގަނޑުގައި ގަދަވާނެ. ހާއްސަކޮށް މެދުރާއްޖެ ތެރެއާއި އުތުރަށް،" އޭނާ ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ މި ވިއްސާރަ އާދީއްތަ ދުވަހުން ފެށިގެން އަލިވާން ފަށާނެ ކަމަށާއި ނަމަވެސް ރާއްޖޭގެ ދެކުނަށް ވިއްސާރަ ކުރަމުންދާނެ ކަމަށެވެ.
މި ދުވަސްވަރަކީ ސްކޫލުތަކުގެ މިޑްޓާމް ބަންދުތެރެއަށް ވުމާއެކު ގިނަ ބަޔަކު ދަތުރުކުރާނެތީ، މޫސުމާބެހޭ އިދާރާއިން ދޭ އިރުޝާދުތަކާއި އެލާޓުތަކަށް ސަމާލުވުމަށްވެސް އެ އޮފީހުން ލަފާދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު