ގާތްގަނޑަކަށް 100-110 މިލިއަން ޑޮލަރުގެ ކްރިޕްޓޯކަރަންސީ ބައިނަންސް ބީއެންބީ ހެކްކޮށް، ހެކަރުން މިދިޔަ ބުރާސްފަތި ދުވަހު ވަގަށް ނަގައިފިއެވެ. މިކަމާ ގުޅިގެން ބައިނަންސް ސްމާޓް ޗެއިނުން ވަނީ ހުރިހާ މުއާމަލާތްތަކެއް މެދުކަނޑާލައިފަ އެވެ. އެ މައްސަލަ ހައްލުކޮށްފައިވަނީ އޭގެ އެއްދުވަސް ފަހުންނެވެ.
މިކަން ހިންގުމާއި ގުޅިގެން އުފެދިފައިވާ ކަންބޮޑުވުމަށް ޖަވާބުދެމުން ބައިނަންސް އިން ބުނެފައިވަނީ ހެކަރުން އަތުލައިގަތީ ކުރީގެ ބީއީޕީ2 ޓެކްނިކަލް ސްޓޭންޑަޑް ބޭނުންކުރާ ކުރިޕްޓޯ ކަމަށާއި ހެކަރުން ފުރަތަމަ ނެގި ކަމަށް ބެލެވުނީ 566 މިލިއަން ކަމަށެވެ. ނަމަވެސް އެއަދަދު އުޅެނީ 100 ނުވަތަ 110 މިލިއަން ޑޮލަރާ ދެމެދު ކަމަށާއި ގެއްލުނު ފައިސާގެ ތެރެއިން ހަތް މިލިއަން ޑޮލަރު މިހާރު ފްރީޒްކޮށްފައިވާ ކަމަށް ސީއީއޯ ޗަންގްޕެންގް ޒާއޯ ވަނީ ބުނެފައެވެ.
މިއީ ވަކި ހާއްސަ އެކައުންޓަކުން ގެއްލުނު ފައިސާ ނޫން ކަމަށާއި މީ ނަހަމަ ގޮތުގައި ބުލޮކްޗެއިންގެ ތެރޭގައި އުފެއްދި ކްރިޕްޓޯ ކަމަށާއި އެހެންކަމުން ވަކި ވަކި އެކައުންޓް ތަކުގައި ހުރި ފައިސާ ގެއްލިފައި ނުވާކަމަށް ވެސް ޒާއޯ ވަނީ ބުނެފައެވެ. އެހެން ނަމަވެސް ވަގުތީ ގޮތުން އެކައުންޓްތައް ސަސްޕެންޑް ކުރުމަށް ވަނީ އެދިފައެވެ. މިކުރިޕްޓޯ ވަގަށް ނެގި ހެކަރު ނުވަތަ ހެކަރުންނަށް ބްލޮކްޗޭން ނެޓްވޯކަށް ވަދެ ހެކްކުރި ކުރުމަކީ ކްރޮސް ޗޭން ބްރިޖެއް ކަމަށްވާ ބީއެސްސީ ޓޯކަން ހަބްގައި ކުރި ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ.
މި ކަން ހިންގި ގޮތް މިހާރު ދެނެގަނެވިފައިވާ ކަމަށާއި މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ވަރަށް އަވަހަށް ފޯރުކޮށްދޭނެ ކަމަށް ބުނެފައިވެއެވެ. އަދި ބައިނަންސް ބީއެންބީގެ އެކައުންޓު ގެންގުޅޭ ފަރާތްތަކުގެ ކިބައިން މާފަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.
ތަފާތު ކުރިޕްޓޯ ހުންނަ ބްލޮކްޗޭންތަކަށް އެކަކު އަނެކަކާ މުއާމަލާތްކޮށް ވިޔަފާރި ކުރެވޭއިރު، މެދުވެރިއެއްގެ ބޭނުމެއް ނުވެއެވެ. ހެކްކުރި ބީއެންބީ ބީކަން ޗޭންގައި މާ ފަސޭހައިން ކުރިޕްޓޯ ފައިސާ އުފެއްދޭކަން ހެކަރުންނަށް ސާފުވުމުން މި ފަހަރު މި އޮތީ ބޮޑު އަދަދަކުން ގެއްލުން ދީފައެވެ. މިފަދަ އެހެން ހާދިސާތައްވެސް މީގެ ކުރިން ހިންގަމުންދިއުމާ ގުޅިގެން ދުނިޔޭގައި އެންމެ މަގުބޫލު ކްރިޕްޓޯކަރަންސީ ކަމަށްވާ ބިޓްކޮއިންގެ އަގުވެސް ވަނީ ގާތްގަނޑަކަށް 19،959 ޑޮލަރަށް ދަށަށް ގޮސްފަ އެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ