ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އޮމަރް މިއާ، 27އ އެވެ.

ފުލުހުން ބުނީ، އޭނާ ވީނުވީއެއް ނޭނގި ގެއްލިގެން އޭނާ މަސައްކަތް ކުރަމުންދިޔަ ކުންފުނިން ފުލުހުންނަށް މައްސަލަ ހުށަހެޅީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. ނަމަވެސް މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ، އެމްޑީ އޮމަރް މިއާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 1 ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.