ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދިވެހި ފިރިހެނަކު ހޯދަން އިއުލާނުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ ޏ. ފުވައްމުލައް، ދޫޑިގަން/ ނިއުވެލީ، އިބްރާހިމް ޝާހީން (35އ) އެވެ.
ފުލުހުން ބުނީ، ޝާހީން ހޯދަމުންދަނީ ލ. ގަން ޕޮލިހުން ތަހުގީގު ކުރަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ކަމަށެވެ. ނަމަވެސް އޭނާ އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ވަނީ، މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 2:00 އަށް ޝަހީދު ހުސެން އާދަމް ބިލްޑިން ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ދިއުމަށް ޝާހިންއަށް އަންގައިފައެވެ. އަދި ޝާހީންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ލ. ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791261 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށްވެސް އެދިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު