ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ފެން ހިންދާ ނިޒާމުގެ ހޮޅިއެޅުމުގެ މަސައްކަތުގެ 93 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ސެޓްލްމަންޓް ޓޭންކް ބެހެއްޓުމުގެ މަސައްކަތްތައް ކަމަށެވެ. އަދި މަގުމަތީ ދުވާރު ހެދުމުގެ މަސައްކަތުގެ 53 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ބުންޏެވެ.
ޖުމުލަ 53.9 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން ފެށީ މި އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުއެވެ.
އެ މަޝްރޫއުގެ ދަށުން 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ހެދުމާއި 10،392 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުން ހިމެނެއެވެ. އަދި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު