Close Election
Close
ޚަބަރު

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 49 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

ރިފާ ހަލީލު

މެދު ދެކުނުގައި ހިމެނޭ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު "ވަން" އަށް ފޮނުވި މެސެޖެއްގައި ބުނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައެއް މި މަހުގެ ފަސް ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ޖެހިގެން އައި ދުވަހު ކޯޓު އަމުރެއްގެ ދަށުން އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.