އިންޓީރިއަރައި ޑޮޓް ކޮމް އަކީ، https://interiorai.com، އާރޓިފިސިއަލް އިންޓެލިޖެންސްގެ އެހީގައި މިހާރު ތިޔަ އުޅޭ ގޭގެ ކޮޓަރި އެންމެ ޒަމާނީ ގޮޓަރިއަކަށް ބަދަލް ކޮށްލެވިދާނެ އާދަޔާ ހިލާފު މޮޅު ވެބްސައިޓެކެވެ.
މިހާރު ދިރި އުޅޭ ސިޓިން ރޫމްގެ ފޮޓޯ ނުވަތަ ކޮޓަރި އާއި ބަދިގޭގެ ފޮޓޯއެއް ލުމުން އެންމެ ޒަމާނީ ސުޓައިލް މި ވެބް ސައިޓުން ކުރަހާލެވޭނެއެވެ. މި ޕްރޮގްރާމްގައި ބޭނުންކުރަނީ އިންޓަނެޓުން ފެނުނު ތަސްވީރެއް ކަމުގައި ވިޔަސް ނުވަތަ މުސްކުޅި ގެ މިހާރު ހުރި ގޮތަށް ނަގާފައިވާ ފޮޓޯއެއް ކަމުގައި ވިޔަސް އެ ފޮޓޯ ބޭނުން ކޮށްގެން މުޅިން ތަފާތު ރީތި ޑިޒައިންނެއް މި ވެބްސައިޓުން ކުރަހާލަދޭނެއެވެ.
ގޭގެ ކޮޓަރިއާއި ބަދިގެއަށް، ނުވަތަ އޮފީހާއި ކަސްރަތު ކޮށްލަން ދާ ޖިމަށް ވެސް ތަފާތު ރީތި ގޮތަކަށް މި ވެބްސައިޓްގެ އަރޓިފިސަލް އިންޓެލިޖެންސް ޕްރޮގްރާމްގެ ސަބަބުން މުޅިން އައު ޑިޒައިންއެއް އުފެއްދިދާނެ އެވެ.
މިއީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ކުރިއަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭއިރު ދިރިއުޅޭގެ އެންމެ ޒަމާނީ ގޮތަށް ބަދަލު ކޮށްލުމަށް އާ ޚިޔާލުތަކާއި އެންމެ ފަހުގެ ޒަމާނީ ޑިޒައިނަކާއި އެކު ތަފާތު ހިތްގައިމުކަމެއް ގެނެސްދެއެވެ. މުސްކުޅި ނުވަތަ މިހާރު އުޅޭ ގޭގެ ކޮންމެ ހިސާބެއްގެ ފޮޓޯއެއް މި ވެބްސައިޓަށް އަޕްލޯޑް ކޮށްލިއަސް، މެޝިން ލާނިން ޓެކްނޮލޮޖީތަކުން އެ ފަރަގު ނައްތާލައި އާދަޔާ ހިލާފު ރީތިކަން ގެނުވާނެ ފިސާރި ހިތްގައިމު ފުރިހަމަ ކުރެހުމެއް މި ވެބްސައިޓުން ކުރަހަދެއެވެ.
މި ވެބްސައިޓުގައި ބޭނުންކުރަނީ އޮގްމެންޓެޑް ރިއަލިޓީ ޓެކްނޮލޮޖީތަކެވެ. މިއީ ސްމާޓްފޯން ކެމެރާތަކާއި އޯވަރލޭޑް 3ޑީ ތަސްވީރުތައް ބޭނުންކޮށްގެން ޖާގައެއްގައި އެއްޗެއް ފެންނާނެ ގޮތް ދައްކާލާ އެއްޗެކެވެ.
މި ވެބްސައިޓުގެ ކުޅަދާނަކަމުން ގެ ފަރުމާ ކޮށްދޭ އެކި އެކި ޑިޒައިން ކުރާ ފަރާތްތަކަށް އެމީހުންގެ ކަވި މަސައްކަތް އިތުރަށް ފުރިހަމަ ކުރުމަށާއި އައު ހިޔާލުތައް އުފަން ކުރުމަށް ވިސްނާ ގިނަ ވިސްނުންތައް ވަރަށް ބޮޑަށް ލުއިވެގެން ދާނެއެވެ. އިންޓީރިއާ ޑިޒައިން ކުރާ ފަރާތްތަކުން ކުރާ މައިގަނޑު މަސައްކަތަކީ ހަމައެކަނި އާ ޚިޔާލުތައް ހޯދުމެއް ނޫންނެވެ. އެމީހުން ޑިޒައިން ކުރާ ޖާގަތަކާއި، ކުރަހާ ގެތަކަކީ މީހުންގެ ހިތް ފަތަހަ ކުރާނެ އެއްޗަކަށް ހެދުމަށް ގިނަ ވިސްނުންތަކެއް ވިސްނައެވެ. އެހެން ނަމަވެސް ގިނަ ފަހަރަށް އެ ބޭނުންވާ މީހާ އެދޭހާ ފުރިހަމަ ގޮތުގައި އެކަން އޮންނަނީ ނުވެފައެވެ. ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ނުގުޅޭ ކަމެއް ފާހަކަ ކުރެވެއެވެ. އެހެން ނަމަވެސް މި ވެބްސައިޓުގެ އެހީގައި އެފަދަ ގިނަ ކަންކަން ހައްލު ކޮށްދޭކަމަށް ވަނީ ބެލެވިފައެވެ. އެހާވެސް މި ވެބްސައިޓް ކުޅަދާނައެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ