ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލިންކާއެކު ކަސްޓަމަރުންގެ ފޯނަށް މެސެޖު ނުފޮނުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލުން މިއަދު ބުނީ، އެ ބޭންކްގެ ނަމުގައި، ބަޔަކު މީހުން ކަސްޓަމަރުންގެ ނަންބަރުތަކަށް ލިންކެއް ފޮނުވަމުންދާ ކަމަށާއި އެފަދަ ލިންކުތަކަށް ނުވަނުމަށް އެދޭ ކަމަށެވެ.

ބީއެމްއެލްގެ ނަމުގައި ފޮނުވާ އެ މެސެޖުގައި އެދެމުންދަނީ ބީއެމްއެލް އިންޓަނެޓް ބޭންކިންގެ މައުލޫމާތު އަޕްޑޭޓްކުރުމަށެވެ. އެ މެސެޖުގައި މައުލޫމާތު އަޕްޑޭޓުކުރުމަށް ކަމަށް ބުނެ ލިންކެއް ވެސް ހިމެނެއެވެ.

ފަހަކަށް އައިސް ބީއެމްއެލްގެ އެކައުންޓުތަކުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ ގިނަވެފައެވެ. އެގޮތުން ފްރޯޑު ކޯލުތައް ކޮށް، އެކައުންޓް މައުލޫމާތާއި ކާޑުގެ މައުލޫމާތު ހޯދަން ގުޅާ މައްސަލަތައް ގިނައެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ބީއެމްއެލުން ނުކުރާނެ ކަމަށް ބުނެ، އެކައުންޓުގެ މައުލޫމާތުތައް ހިއްސާނުކުރުމަށް އެ ބޭންކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

ބީއެމްއެލްގެ ނަމުގައި ފްރޯޑު އެސްއެމްތަކެއް ކުރަމުންދާ އިރު، ބައެއް އެހެން ކުންފުނިތަކުގެ ނަމުގައިވެސް އެފަދަ އެސްއެމްއެސްތައް ކުރެއެވެ.