ތަހުގީގުކުރުމުގައި އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުމެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އާދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްއެވެ. އެމްއޭސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ޗީފް ކޮމިޝަނަރު ތާން ސްރީ ދާތޯ، ސްރީ އަޒަމް ބިން ބަކީއެވެ.

މި އެއްބަސްވުމުގެ ދަށުން ކޮރަޕްޝަންގެ ކުށްތައް ތަހުގީގުކުރުމުގައި ދެ ކޮމިޝަންގެ އެއްބާރުލުން ދިނުމާއި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި މުވައްޒަފުން ތަމްރީނުކުރުން ހިމެނެއެވެ.

މީގެ އިތުރުން އޭސީސީއާއި އެމްއޭސީސީގެ ޕްރިވެންޝަންގެ މަސައްކަތްތައް އިތުރުކޮށް، އެކި ދާއިރާތަކުން މައުލޫމާތާއި ތަމްރީނާއި ތަޖުރިބާއާ އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނެއެވެ.