އައްޑޫ ސިޓީ ހިތަދޫއިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ، ގެއްލިގެން ހޯދަމުން ދަނީ އުބައިދުﷲ ހަސަން (28އ) ކަމަށެވެ. އުބައިދުﷲ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 8:00 ހާއިރު ހިތަދޫ ގުރައިޝާމަންޒިލް ކައިރިންނެވެ. އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއް ކަމަށް ފުލުހުން ބުންޏެވެ.
އުބައިދުﷲ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނަމްބަރު 9791612 އަށް ގުޅައި މައުލޫމާތު ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ހިތަދޫން ޒުވާނަކު ގެއްލިގެން ހޯދަމުންދާއިރު، މިދިޔަ މަހުގެ 19 ވަނަ ދުވަހު ހުޅުމާލެ ފޭސް ދޭކުން ގެއްލިގެން ހޯދަމުންދިޔަ ހ. ބޮނޑިކަޅޮދުގެ މުހައްމަދު އަޒުހާން، 27 މަރުވެފައިވަނިކޮށް މިއަދު ވަނީ ފެނިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު