ޅ. ހިންނަވަރުގައި ފުޓްބޯޅަ ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެއެވެ.
ހިންނަވަރުން ވާހަކަދެއްކި މީހަކު "ވަން" އަށް ބުނީ، ފުޓްބޯޅަ ކުޅެން ހުއްޓައި މަރުވީ އެރަށު، ދަނގަޑުތަޅާގެ އަބްދުﷲ މުބްތަދާ، 35އ ކަމަށެވެ.
އަބްދުﷲ މުބްތަދާ، ހަވީރު ކުޅެން ހުއްޓައި ތަދެއް އެރި ކަމަށާއި އެ ތަދު އެރުމުން އޭނާ ބެންޗަށް ދިޔަ ކަމަށް އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
އޭނާ ބެންޗުގައި ހުއްޓައި ސްޓްރޯކެއް ޖެހުމުން ފުރަތަމަ ގެންދިޔައީ ހިންނަވަރު ހެލްތު ސެންޓަރަށް ކަމަށާއި އެތަނުން ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް އަބްދުﷲ މުބްތަދާ މަރުވެފައިވާ ކަމަށް އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު