ސްކައިޓްރެކްސް ވޯލްޑް އެއަރލައިން އެވޯޑްގައި ގަތަރު އެއަރވޭޒް މިއަހަރު އަނެއްކާވެސް އެއްވަނަ އެއަރލައިނަކަށް ހޮވިއްޖެއެވެ.
މިއަހަރު ދުނިޔޭގެ ދެވަނަ އެއަރލައިނަކަށް ހޮވުނީ ސިންގަޕޫރު އެއަރލައިނެވެ. ދުބާއީގެ އެމިރޭޓްސްއަށް މިފަހަރު ލިބުނީ ތިންވަނައެވެ. ހަތަރުވަނަޔާއި ފަސްވަނަޔަށް ހޮވުނީ ޖަޕާނުގެ އޯލް ނިޕޮން އެއަރވޭޒް އާއި އޮސްޓްރޭލިޔާގެ ކަންޓަސް އެއަރވޭޒްއެވެ. މިއަހަރު ޓޮޕް ފަހެއްގައި ހިމެނުނީ މުޅިންވެސް އޭޝިޔާ އާއި ޕެސިފިކްގެ އެއަރލައިންތަކެވެ.
އެކިއެކި ކެބިންތަކުގެ ބައިން އެންމެ ރަނގަޅު ފަސްޓް ކްލާސް ކެބިންގެ އެވޯޑް ލިބުނީ ސިންގަޕޫރު އެއަރލައިނަށެވެ. ބެސްޓް ބިޒިނަސް ކްލާސް އެވޯޑް ގަތަރު އެއަރވޭޒްއަށެވެ. އިކޮނޮމީ ކުލާހުން އެއްވަނަ އެމިރޭޓްސް އަށެވެ.
އެންމެ ޚިދުމަތް ރަނގަޅު ބަޖެޓް އެއަރލައިނުގެ އެވޯޑް ސިންގަޕޫރުގެ ސްކޫޓް އެއަރލައިނަށް ލިބުނުއިރު ކެބިން ކްރޫއިންގެ ބައިން އެއްވަނައަށް ހޮވުނީ ސިންގަޕޫރު އެއަރލައިންސެވެ. ކެބިންގެ ސާފުތާހިރުކަމުގެ ބައިން އެއްވަނަ ލިބުނީ ޖަޕާނުގެ އޯލް ނިޕޮން އެއަރވޭޒްއަށެވެ. ޔޫރަޕާއި އެމެރިކާޔާއި އެފްރިކާގެ އެއަރލައިންތަކަށް މިއަހަރު އެވޯޑެއް ނުހޯދުނެވެ.
ގަތަރު އެއާވޭސް
ގަތަރު އެއާވޭސް
ގަތަރު އެއާވޭސް
ގަތަރު އެއާވޭސް