ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ނޫސް މަޖައްލާއެއް ނެރުއްވުމަށް ތައްޔާރުވެއްޖެއެވެ.
އޯޝަން ޕަބްލިޝާޒް އިން ކޮންމެ ހުކުރު ދުވަހެއްގަައި ނެރޭ މި މަޖައްލާގެ ނަމަކީ "އޯޝަން ވީކްލީ" އެވެ. އޯޝަން ޕަބްލިޝާޒްއަކީ ނަޝީދުގެ ޕަބްލިޝިން ހައުސްއެކެވެ.
މި ހަފުތާ މަޖައްލާގެ ފުރަތަމަ އަދަދު މި މަހުގެ 30 ގައި ނެރޭނެކަން އިއުލާނުކޮށްފައިވާ އިރު، ފުރަތަމަ އަދަދުގެ މައިގަނޑު މައުލޫތައް އަމާޒުކޮށްފައި ވަނީ ޓެކްސްގެ ނިޒާމަށާއި ސަރުކާރުގެ އާމްދަނީ އިތުރުވުމާއި ތަކެތީގެ އަގު އުފުލުމާ ގުޅޭ ގޮތުންނާއި ތިމާވެއްޓާއި އިޖުތިމާއީ މައްސަލަތަކާއި ކުޅިވަރާ ގުޅޭ ގޮތުންނެވެ.
އެ މަޖައްލާގެ އަގަކީ 50 ރުފިޔާއެވެ. އެ މަޖައްލާ ބުކްޝޮޕްތަކުންނާއި ބައެއް ސައިހޮޓާތަކުންނާއި ކެފޭ، ރެސްޓޯރެންޓްތަކުން ލިބެން ހުންނާނެއެވެ.
ނަޝީދު ވަނީ މިހާތަނަށް ހަތަރު ފޮތަކާއި ދިރާސާއެއް ޝާއިއު ކުރައްވައިފައެވެ. އެއީ 2020 ވަނަ އަހަރު ނެރުއްވި "ދެރަދުން" އާއި 1996ގައި ނެރުއްވި "ދަގަނޑު ދަހަނާ" އާއި 2018 ގައި ނެރުއްވި "އެއްބަސްވެވޭ އިންގިލާބު" އަދި ލޯބީގެ ވާހަކަ، "ހިތާހިތުގެ ގުޅުން" ގެ އިތުރުން ކުރީގެ ރައީސް މުހައްމަދު އަމީނުގެ ވެރިކަމާ ގުޅޭ ގޮތުން، ޝާއިއުކުރެއްވި ދިރާސާ، "ވެރިއެއްގެ ނިމުން" އެވެ.
މީގެ އިތުރުން ސްރީލަންކާގެ މަޝްހޫރު މަޖައްލާއެއްކަމަށްވާ "ދި އައިލެންޑް" މަޖައްލާއަށް އިންސާނީ ހައްގުތަކާއި ތިމާވެއްޓާއި ގުޅޭ ކޮލަމެއް ނަޝީދު ލިޔުއްވާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު