އަތުގައި ފިސްތޯލައެއް އޮވެދާނެތީ ރަނގަޅަށް ފާސްކުރަން ބުނެގެން ހައްޔަރުކުރި ހދ. ހަނިމާދޫ އެއާޕޯޓުގެ މުވައްޒަފަކު ދޫކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ ފިސްތޯލައެއް އޮތް ކަމަށް ބުނުމުން އިއްޔެ ހެނދުނު ހައްޔަރުކުރި މީހާ ސުވާލުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ.
ހަނިމާދޫ ކައުންސިލް މެމްބަރު ފިރާގު މުހައްމަދު އިއްޔެ "ވަން" އަށް ވިދާޅުވި ގޮތުގައި ހައްޔަރުކުރި މުވައްޒަފަކީ ވަރަށް ސަކަ މިޒާޖެއްގެ މީހެކެވެ. އަދި އޭނާގެ އަތުގައި ފިސްތޯލައެއް އޮތް ކަމަށް ބުނީ މަޖަލަކަށް ކަމަށްވެސް ވިދާޅުވިއެވެ.
"ފްލައިޓް ލޭންޑުކުރާ ވަގުތަށްދާ މުވައްޒަފުން ޗެކުކުރި އިރު، އެ މުވައްޒަފު ވަރަށް މަޖާވެލާފަ މިބުނީ ތިމަންނަ ރަނގަޅަށް ޗެކު ކުރާށޭ. ފިސްތޯލައެއްވެސް އޮވެދާނެޔޭ. މިހެން ބުނީ މަޖަލަކަށް. އެކަމަކު ޕްރޮޓޮކޯލް އިންނަ ގޮތުން ހައްޔަރުކުރަން ޖެހޭނެ. އެހެންވެ އޭނަ ހައްޔަރުކުރީ،" ފިރާގު ވިދާޅުވެފައިވެއެވެ.
އެމީހާ ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާ އެރަށަށް ވަޑައިގަންނަވާތީ އެއާޕޯޓުގެ ސެކިއުރިޓި ވަރުގަދަކޮށްފައި އޮތް ވަގުތެއް ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު