ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ 50 އުޅަނދެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލުކޮށްފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން އިއްޔެކުރި އިއުލާނެއްގައި ބުނެފައިވަނީ ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެގެން ގޮސްފައިވާ އުޅަނދުތަކާއި ގަވައިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 50 އުޅަނދެއްގެ ރެޖިސްޓްރީ ބާތިލުކޮށްފައިވާ ކަމަށެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ރަޖިސްޓްރީ ބާތިލުކުރި އުޅަނދުތަކުގެ ނަންބަރުވެސް އާންމުކޮށްފައެވެ.
އުޅަނދުތަކެއްގެ ރަޖިސްޓްރީ ބާތިލުކޮށްފައިވާއިރު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ގަވާއިދާ އެއްގޮތަށް ނުހުންނަނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ކުރީން ވަނީ ބުނެފައެވެ. ގަވާއިދާ އެއްގޮތަށް ނަންބަރު ބޯޑު ބަދަލުކުރުމަށް ފުލުހުން އަންގާފައިވާއިރު މިއާ އެއްގޮތަށް އަމަލު ނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު