ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު، ޖަޕާނަށް މިއަދު ފުރާވަޑައިގެންފިއެވެ.
މިނިސްޓަރު ޝާހިދުގެ އަރިހުގައި ރާއްޖޭގެ އިއްޒަތްތެރިންގެ ވަފުދެއްވެސް މި ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަަޑައިގެންނެވިއެވެ.
ޝިންޒޯ އަބޭ އަވަހާރަވީ، މިދިޔަ ޖުލައި މަހުގެ 8 ވަނަ ދުވަހު ކުރިއަށްދިޔަ އާއްމު އެއްވުމެއްގައި ޝިންޒޯ އަބޭއަށް އަމާޒުކޮށް މީހަކުދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ލިބުނު ޒަހަމްތަކުގެ ސަބަބުންނެވެ.
ޖަޕާނުގެ ބޮޑުވަޒީރުކަން އަބޭ 2006-2007 އަށް އަދި 2012-2020 އަށް ކުރައްވާފައިވާ އިރު، އޭނާއަކީ އެ ގައުމުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ލީޑަރެވެ.
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާ މާދަމާ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބާއްވާއިރު، މި ޖަނާޒާގައި ބޭރުގެ ގިނަ އަދަދެއްގެ އިއްޒަތްތެރިންނާއި ސްޓޭޓްތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު