ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލްމަގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ވީޑިއޯ ބޭނުންކޮށްގެން މީހުން ބެލްކްމެއިލް ކުރި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި، ބުލެކްމެއިލް ކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑުކޮށް އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާއްމުކޮށްފައިވާ މައްސަލައާ ގުޅިގެން ޖުމުލަ ފަސް މީހަކު ހައްޔަރުކުރި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ދެ މީހަކު ކޯޓުން ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.
ހައްޔަރުގައި މިހާރު ތިބީ އަލަމްގީރް، "ބޮސް"ގެ ނަމުން މިހާތަބުކުރާ ބ. ދަރަވަންދޫ/ އަކިރި، ހަމްދޫން އަބްދުﷲ އާއި އެ ރަށު ހީމަ/ މުހައްމަދު މިހާދު މުސްތޮފާގެ އިތުރުން ށ. ފުނަދޫ/ ސީސްޓާ، މައުމޫން މޫސާއެވެ.
އެ މީހުންގެ ތެރެއިން ހަމްދޫނާއި މުސްތޮފާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މައުމޫން ހައްޔަރުކުރީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަމްދޫންގެ ބަންދަށް 15 ދުވަސް، މުސްތަފާގެ ބަންދަށް ހަތް ދުވަސް އަދި މައުމޫންގެ ބަންދަށް ދިހަ ދުވަސް ވަނީ ޖަހައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު