ހިޓާޗީ ބްރޭންޑުގެ ފްރިޖްތަކަށް ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ އިން މިއަދު ފަށައިފިއެވެ.
އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ކަނޑައެޅިފައިވާ އައިޓަމްތަކުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.
އަދި ޕްރޮމޯޝަންގައި ހިމެނޭ ފްރިޖެއް ގަންނައިރު، ހަރަދުވާ ކޮންމެ 1،000 ރުފިޔާއަށް ޑިޖިޓަލް ކޫޕަނެއް ލިބޭއިރު އޭގެ ތެރެއިން ކޮންމެ ކޮންމެ ހަފުތާއަކު ހޮވޭ ތިން ނަސީބުވެރިއަކަށް 1500 ރުފިޔާގެ ގިފްޓް ވޮއުޗަރެއް ލިބޭނެއެވެ. މި ގިފްޓް ވޮއުޗަރުން އިނާމުގެ ގޮތުގައި ލިބޭނީ ސުޕަމާކެޓް އައިޓަމްސްގެ ގޮތުގައި ހިމެނޭ، އާއްމުކޮށް ފްރިޖުގައި ރައްކާކުރާ ބާވަތުގެ ތަކެއްޗެވެ.
އެސްޓީއޯއިން ވަނީ "ދޮވެހިއްކާ ޕްރޮމޯ" ގެ ނަމުގައި ހިޓާޗީ ދޮންނަ މެޝިނަށް ހާއްސަ ޕްރޮމޯޝަނެއްވެސް ދާދިފަހުން ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު