ހިޔާ ޕްރޮޖެކްޓްގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިމާރާތް ކުރަމުން އަންނަ ފުލެޓްތަކަށް ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
ހެންވޭރު ދަނޑުގައި ރޭ ބޭއްވި އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ޝާހިދު ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފުންނަށް ފްލެޓް ފައިސާ ދެއްކުމަށް ގިނަ އޮޕްޝަންތަކެއް ދީފައިވާ ކަމަށެވެ. އަދި އެމްޕީއެލްގެ ހިޔާ މަޝްރޫއު ފެށިއިރު، އެއްފަހަރާ ފައިސާ ދައްކާ ގޮތަށް ނުވަތަ ބޭންކު މެދުވެރިކޮށް ފައިސާ ދައްކާ ގޮތަށް އޮތް ނަމަވެސް މިހާރު 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތް ހަދާފައިވާ ކަމަށް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ފްލެޓްތަކުގެ ޑައުންޕޭމަންޓާ ގުޅޭ ޝަކުވާތަކެއް މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ކަމަށާއި އެ ޝަކުވާތަކަށް ރިއާޔަތްކޮށް ޑައުންޕޭމަންޓް ދެއްކުމަށް ހަތަރު އޮޕްޝަނެއް ތައާރަފުކޮށް، އެ އުސޫލަށް ލުއި ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
"މެއިންޓެނަންސް ފީ ކުޑަކުރުމާއެކު ބުކިން ފީއަކީ ޑައުންޕޭމަންޓްގެ ބައެއްގެ ގޮތުގައި މިހާރު މިވަނީ ހެދިފަ. ކުންފުނީގެ މާލީ ގާބިލުކަމަށް ރިއާޔަތްކޮށް އަދި ކުރިއަށް އޮތްނުގައިވެސް ދެވެން އޮތް ލުއިތަކެއް ދިނުމަށް މަސައްކަތްކުރާނެ ކަމުގެ ވާހަކަދަންނަވަން," ޝާހިދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެމްޕީއެލްގެ ފްލެޓްތައް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެމްޕީއެލުން އިމާރާތްކޮށްފައިވަނީ ތިން ޓަވަރެވެ. އެ ޓަވަރުތަކުގައި ޖުމްލަ 535 ޕްލެޓް ހުންނައިރު، އޭގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 204 ފްލެޓާއި ތިން ކޮޓަރީގެ 330 ފްލެޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު