މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން އާ ޑިޖިޓަލް ހިދުމަތްތަކެއް ތައާރަފުކޮށްފިއެވެ.

މި ހިދުމަތްތައް ތައާރަފުކުރީ އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހެންވޭރު ދަނޑުގައި މިރޭ ބޭއްވި ޖަލްސާގައެވެ. މިއީ އެ ކުންފުނީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ކެމްޕޭނުގެ ދަށުން ތައާރަފުކުރި ހިދުމަތްތަކެކެވެ.

އެމްޕީއެލުން މިރޭ ތައާރަފުކޮށްފައި ވަނީ، އެ ކުންފުނީގެ ޖޮބް ޕޯޓަލްއާއި އެ ކުންފުނީގެ ސްޓާފް އެޕްގެ އިތުރުން އެ ކުންފުނީގެ އޮކްޝަން ޕޯޓަލެވެ.

  • އެމްޕީއެލްގައި ހުސްކޮށް ހުރި ވަޒީފާތައް ބަލައިލެވޭނެ
  • އާ ވަޒީފާތަކަށް އެދި ހުށަހެޅޭނެ
  • ހުށަހެޅި އެޕްލިކޭޝަންގެ ސްޓޭޓަސް ބަލައިލެވޭނެ
  • ސްޓާފް ޕްރޮފައިލް ފެންނާނެ
  • ހާޒިރީ ރިޕޯޓު ބަލައިލެވޭނެ
  • މުސާރައިގެ ތަފުސީލު ބަލައިލެވޭނެ
  • ޗުއްޓީގެ ބެލެންސް ބަލާލައި ޗުއްޓީއަށް އެދި ހުށަހެޅޭނެ
  • ނީލަންކިޔަން ހަމަޖެހިފައިވާ މުދާ ބަލައިލެވޭނެ
  • ނީލަމަށް އަގު ހުށަހަޅައި ލައިވް އަޕްޑޭޓް ބަލައިލެވޭނެ