މި ފަހަރުގެ އައިފޯނުގެ އެންމެ މަޝްހޫރު އައު ފީޗަރ އަކީ ސެޓެެލައިޓް މެދުވެރިކޮށް ކުރެވޭ އެސްއެމްއެސް ކަމަށް ގިނަ ބަޔަކަށް ހީކުރެވުނަސް ޑައިނަމިކް އައިލެންޑްގެ ނަމުން ނަންދީފައިވާ ނޮޓިފިކޭޝަންތައް ގެނެސްދޭ ޑައިނަމިކް އައިލަންޑް ފީޗަރ މާބޮޑަށްވެސް މީހުންނަށް ކަމުގޮސްފިއެވެ.

ނޮޓިފިކޭޝަން ލައިޓްސްއާއި އޯޑިއޯ ރީޑަލް ފަދަ ފީޗާސްތައް ނެރުނު އެންޑްރޮއިޑް ޑިވެލޮޕަރެއް ކަމަށްވާ ޖަވޯމޯ އައިފޯނުގެ މި ފުރިހަމަ ފީޗަރ ކޮޕީކޮށް އުފެއްދި ޑައިނަމިކް ސުޕޮޓް، ގޫގުލް ޕްލޭ އިން އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް މިހާރުވަނީ ދޫކޮށްލައިފައެވެ.

ޑައިނަމިކްސްޕޮޓްގެ ނަމުން ނަންދެވިފައިވާ މި ކޮޕީކެޓް ވާޝަން މިހާރު ވަނީ ލައްކައަކަށް ވުރެ ގިނަ މީހުން ޑައުންލޯޑް ވެސް ކޮށްފަ އެވެ. އެންޑްރޮއިޑްގައި ކެމެރާ އައިލެންޑްސް ނެތް ނަމަވެސް ބައެއް ފޯނުތަކުގައި ކެމެރާ ސްޕޮޓްސް/ކަޓައުޓްސް ހުރުއެވެ. އެހެން ކަމުން އެއީ ޑައިނަމިކްސްޕޮޓް އުފެދުނު ދުވަސް ކަމަށް ޑިވެލޮޕަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އޮންލައިން ފޯރަމެއްގައި ޖަވޯމޯ ލިޔެފައިވެއެވެ.

އައިއޯއެސްއާ ހިލާފަށް އެންޑުރޮއިޑަކީ މާބޮޑަށްވެސް ހުޅުވާލެވިފައިވާ އޮޕަރޭޓިން ސިސްޓަމަކަށް ވުމުން އެޕްލިކޭޝްން ލިޔާ މީހުންނަށް ފަސޭހައިން ބޭނުންވާ ގޮތަކަށް އެކިއެކި ފީޗަރސްތައް ބަދަލު ކުރެވެއެވެ. އައިފޯންގެ ޑައިނަމިކް އައިލެންޑަކީ ޑިޕެލޮޕަރުން ބޭނުންހާ ގޮތަކަށް ކަސްޓަމައިޒް ކުރެވޭ އެއްޗެއް ނޫންނެވެ.

އެންޑުރޮއިޑުން ނަކަލުކޮށް އުފެއްދިި ޑައިނަމިކްސްޕޮޓަކީ އިންޓަރެކްޝަން ސެޓިންގްސް ބަދަލުކޮށް، ޕޮޕްއަޕް ދައްކާނެ ނުވަތަ ފޮރުވަންވީ ވަގުތު ނުވަތަ ފެންނަންވީ ކޮން އެޕްތަކެއް ކަން ހޮވޭނެ ގޮތަށް ފަރުމާ ކޮށްވިފައިވާ ފީޗަރއެކެވެ.

އެޕަލް އައިފޯން 14 ޕުރޯ އަދި ޕުރޯ މެކްސް އިން ލިބޭ ޑައިނަމިކް އައިލަންޑް ފީޗަރގެ މަގުބޫލުކަން ބޮޑު ވުމާއި އެކު އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުން މިހާރުވެސް ވަނީ ފޯރަމަށް އެއްވެ އެމީހުންގެ ހިޔާލުތައް ހިއްސާކޮށްފައެވެ. ޑައިނަމިކް އައިލެންޑްގެ ސަބަބުން އައިފޯން ބޭނުންކުރާ ފަރާތްތަކަށް މަލްޓިޓާސްކް ކުރުމާއި ފޯނުތެރޭގައި ހިނގަމުންދާ ހުރިހާ ހަރަކާތްތައް ބަލައިލުމުގެ ފުރުސަތު ލިބިގެންދެއެވެ.