ގިނަ އަދަދެއްގެ ދިވެހިންގެ ބަޔަކާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އިއުތިރާފުވެ، ހުކުމް ކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރްގެ މައްޗަށް ދައުލަތުން އުފުލާފައިވާ 40 ދައުވާއަށް އޭނާ އިއުތިރާފުވެއްޖެއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަލަމްގީރްގެ މައްޗަށް އުފުލާފައިވަނީ އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދައުވާއެކެވެ. މި ދައުވާތަކަށް އޭނާ އިއުތިރާފުވީ މިއަދު ހެނދުނު 10:00ގައި ކްރިމިނަލް ކޯޓުގައި ބޭއްވި އެ މައްސަލަތަކުގެ އަޑުއެހުމުގައެވެ.
މި އަޑުއެހުން ކޯޓުގައި ކުރިއަށް ގެންދިޔައީ ސިއްރު އަޑުއެހުމެއްގެ ގޮތުގައެވެ. އޭނާ އެ ދައުވާތަކަށް އިއުތިރާފުވެފައިވާތީ އަވަސްނިޔާގެ ގޮތުގައި ދެން އޮންނާނީ އޭނާގެ މައްޗަށް ހުކުމް ކުރުމެވެ.
އެ ދައުވާތަކަށް އޭނާ އިއުތިރާފު ވެފައިވާ އިރު، މީގެ ކުރިން އޭނާގެ މައްޗަށް ކުރި އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއަކާ ގުޅިގެން ކޮށްފައިވާ ޖަލު ހުކުމެއް އޭނާ ދަނީ ތަންފީޒު ކުރަމުންނެވެ.
އެ މައްސަލަތަކުގައި ހުސްވި އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ. އެއީ އެ މައްސަލައަށް އޭނާ އިއުތިރާފުވެފައި ވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން ލުއިދިނުމަށްފަހުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު