ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް މުހައްމަދު ޝަރީފް ތަނާޒުލްވާން ޖެހޭ މައްސަލައަކުން ތަނާޒުލް ނުވެ އެ މައްސަލަ ހިންގައި ނިންމިކަމަށް ބުނާ މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން މިއަދު ބުނީ، އެ ކޮމިޝަނަށް ހުށަހެޅި، ޝަކުވާއާ ގުޅިގެން 2021 ޖަނަވަރީ 13 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުގީގު ކުރުމަށް ނޯޓިސް ދީފައިވާ ހއ.ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު ޝަރީފުގެ ސުލޫކީ މައްސަލަ ތަހުގީގު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެމައްސަލަ މުހައްމަދު ޝަރީފުގެ މައްޗަށް ސާބިތުވެފައި ނުވާކަމަށް ޖޫން 26 ވަނަ ދުވަހު ބޭއްވި އެކޮމިޝަނުގެ 44 ވަނަ ބައްދަލުވުމުގައި ނިންމާފިއވާ ކަމށްވެސް ބުނެފައިވެއެވެ.