ދިރާގުގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް "ސަޅި ވީކްލީ" ޕްލޭންގެ ދަށުން އެންމެ 145 ރުފިޔާއަށް ދުވާލަކު 4 ޖީބީ ޑެއިލީ ޑޭޓާ ލިބޭ އޮފާއެއް ތައާރަފުކޮށްފިއެވެ.
ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ތައާރަފުކުރި މި ޕްލޭންގެ ދަށުން އެއް ހަފުތާއަށް ކޮންމެ ދުވަހަކު 4ޖީބީގެ ރޭޓުން ޖުމްލަ 28ޖީބީ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
ދިރާގުން ބުނީ ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެއް ކަމަށެވެ. އަދި އެ ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ ކަމަށާއި ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށް އެކުންފުނިން ބުންޏެވެ.
ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް، https://bit.ly/Dhiraagu-App މެދުވެރިކޮށް ނުވަތަ 343 އަށް ‘S1GB7’ ޖަހާފައި އެސްއެމްއެސްއެއް ކޮށްލައިގެންވެސް މި އެޑްއޮން އެކްޓިވޭޓް ކޮށްލެވޭނެ އެވެ.
މި ޕްރޮމޯޝަން އާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް https://bit.ly/3S56GvM
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު