އިންޓަނޭޝަނަލް މަނީ ޓްރާންސްފާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވައިގެން ގިނަ އިނާމުތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ.
މިއަދުން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި އެ ހިދުމަތް ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި ކޮންމެ ދެ ހަފުތާއަކުން ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 ޕްރޯއެއް އަދި ޕްރޮމޯޝަނުގެ ބޮޑު އިނާމެއްގެ ގޮތުގައި ލަގްޒަރީ ރިސޯޓަކުން ދެ މީހަކަށް އޯލް އިންކްލޫސިވް ޕްކޭޖެއް ދިނުމަށް ވަނީ ނިންމައިފައެވެ.
މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެއެވެ.
https://www.bankofmaldives.com.mv/win-big-with-international-money-transfer
ޚަބަރު
ޚަބަރު
ޚަބަރު