ހުޅުމާލޭ ފޭސް ދެއަކުން ގެއްލުނު މީހާ އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ރޭ ބުނީ، ގެއްލިގެން ހޯދަމުން އަންނަނީ މުހައްމަދު އަޒުހާން، 27އ. ކަމަށެވެ. އޭނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ރޭ 7:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަ އަޒުހާން މިހާތަނަށް ފެނިފައިނުވާ ކަމަށެވެ.
އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް އޮފިސަރު ވިދާޅުވިއެވެ.
އަޒުހާން އެންމެފަހު ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށް ފުލުހުން ބުންޏެވެ.
އަޒުހާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ނަމްބަރު 9393351 އަށް ގުޅައި މައުލޫމާތު ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު