ހުޅުމާލެ ފޭސް ދޭކުން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ، ގެއްލިގެން ހޯދަމުންދަނީ މުހައްމަދު އަޒުހާން، 27އ. ކަމަށެވެ. އޭނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ރޭ 7:00 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އަޒުހާން އެންމެފަހު ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށް ފުލުހުން ބުންޏެވެ.
އަޒުހާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ނަމްބަރު 9393351 އަށް ގުޅައި މައުލޫމާތު ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.