ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ގެކޮޅު، ގ. ކެނެރީގޭ ފާރުގައި އިންޑިއާ އައުޓް ޖެހި މީހާ ޖަލަށްލާން ހުކުމްކޮށްފިއެވެ.
އެ މައްސަލާގައި ނ. މިލަދޫ/ ނޫއަލިގޭ، އަބްދުﷲ ޔަސްފައުއަށް ދައުލަތުން ކުރީ މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ. އެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް އޭނާއަށް އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވީ ޝަރީއަތުގެ މަޖިލީހުގައި އޭނާ އެ ކުށަށް އިއުތިރާފު ވުމުންނެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ކަމަށް ބުނެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމު އިސްވެ ހުންނަވައި ފެށި ހަރަކާތެކެވެ. ނަމަވެސް އެ ހަރަކާތް މިހާރު ވަނީ މަޑުޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު