މިމަހު 14 ވަނަ ދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް، ގަޑިއަށް ހާޒިރުވެ ވަޑައި ނުގެންނެވުނީ މައްސަރުކަންތައް ލައިގަނެގެން ކަމަށް މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ނަހުލާ އެހެން ވިދާޅުވީ މިއަދު އޮތް އެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެ ވަޑައިގެން އެ ދުވަހު ކޮމިޓީއަށް ގަޑިއަށް ހާޒިރުވެ ވަޑައިނުގެންނެވުނު ސަބަބު ހާމަކޮށްދެއްވަމުންނެވެ.
މިމަހު 14 ވަނަ ދުވަހު ބޭއްވި ކޮމިޓީ ޖަލްސާއަށް މިނިސްޓަރު ގަޑިއަށް ހާޒުވެވަޑައިނުގެންނެވުމުން، މެންބަރުން ރުޅި ގަދަވެ، އަމުރު ނެރެގެން ނަމަވެސް ދެން އަންނަ ކޮމިޓީއަކަށް މިނިސްޓަރު ހާޒިރު ކުރުމަށް ނިންމިއެވެ.
ކޮމިިޓީގެ މިއަދުގެ ބައްދަވުން ނިންމާލުމުގެ ކުރިން ނަހުލާ ވިދާޅުވީ، މިދިޔަ ހަފުތާގައި އޮތް ކޮމިޓީ ބައްދަލުވުމަށް ހާޒިރުވުން ލަސްވީ ދިމާވި ހާލަތަކާ ގުޅިގެން ކަމަށެވެ. އަދި އެ ދުވަހުގެ ބައްދަލުވުމަށް ހާޒިރުވުން ކުޑަކޮށް ލަސްވެދާނެ ކަމަށް މަޖިލީހުގެ އިދާރާއަށް އެންގެވި ކަމަށާއި ނަމަވެސް ބައްދަލުވުން ނިންމާލިކަން އެނގިވަޑައިގަތީ މަޖިލީސް އިދާރާގައި ހާޒިރުވެ ހުންނަވަނިކޮށް ކަމަށް ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ، އެއީ ކުޑަކޮށް ނަމަވެސް މަޖިލީހުގެ އިހުތިރާމް ކުޑަކުރުމުގެ ގޮތުން ކުރެއްވި ކަމެއް ނޫން ކަމަށެވެ. އަދި ކޮމިޓީއަށް ހަޒިރުވެ ވަޑައިގެންނެވުން ލަސްވިކަމަށްޓަކައި ނިހާޔަތަށް މައާފަށް އެދޭ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު އެހެން ވާހަކައެއް ދަންނަވާލަން ބޭނުން، އެއީ އަޅުގަނޑުމެންގެ މި ކޮމިޓީގައި ތިއްބަވަނީ ހުސް ފިރިހެން ބޭފުޅުން. އެހެންވީމާ އަޅުގަނޑު ގަޑިއަށް ހާޒިރުވާއިރު ވަޒީރެއްގެ ކުރިން އަޅުގަނޑަކީ އިންސާނަކަށްވީތީ، އަންހެނަަކަށްވީތީ ދިމާވާނެ ހާލަތެއް އޮވެދާނެޔޭ، އެގޮތުން އަންހެނުންނަކީ ކޮންމެ މަހަކު އެއްފަހަރު މައްސަރު ކަންތައް ލައިގަންނަ ބައެއްވީމަ، އެހެންވީމަ އެއީ އަޅުގަނޑު ކުޑަކޮށްވެސް އިހުތިރާމު ކުޑަކުރުމުގެ ގޮތުން މަޖިލީހަށް ލަހުން އައީކީ ނޫންކަން މެންބަރުންގެ މައުލޫމާތައްޓަކައި ދަންނަވަން،" ނަހުލާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު