ގއ. ގެމަނަފުށިން ފުރައިގެން ގއ. ކަނޑުހުޅުދުއަށް ދަތުރުކުރި ފެރީއަކުން މޫދަށް ވެއްޓުނު ޒުވާނަކު މަރުވެއްޖެއެވެ.
ގެމަނަފުށި ކައުންސިލް ރައީސް އިބްރާހީމް ނާޝިދު "ވަން" އަށް މިރޭ ވިދާޅުވީ މޫދަށް ވެއްޓި މަރުވެފައިވަނީ 25 އަހަރުގެ ޒުވާނެއް ކަމަށެވެ.
އެ ހާދިސާ ހިނގާފައިވަނީ 5:40 އެހާކަންހާއިރުއެވެ. އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ކަނޑުހުޅުދޫ، ހީނާމާގެ، އިރުފާންއެވެ.
އޭނާ މޫދަށް ވެއްޓުނީ ފެރީގެ ދިރުނބާ ކޮޅުގައި، އެ ފެރީން ދަތުރުކުރި އެހެން މީހަކާ ވާހަކަދައްކަން ހުއްޓައި ނެރުކައިރިން ފެރީ ދަތުރުކުރި ވަގުތު ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އޭނާ މޫދަށް ވެއްޓުނީ ކިހިނެއް ކަމެއް ސާފެއް ނޫނެވެ.
ގެމަނަފުށި ސިއްހީ މަރުކަޒުގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، އެ ޒުވާނާ ހޮސްޕިޓަލަށް ގެނައި އިރުވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އެ ޒުވާނާ މަރުވެފައިވަނީ ގެނބިގެން ކަމަށް ޑޮކްޓަރާ ހަވާލާދީ އޮފިޝަލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު