ކުޅުދުއްފުށި ސިޓީގެ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، ކުޅުއްދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ދެ ވަނަ ފަންގިފިލާގައި އިމާރަތްކުރި ހަ އައިސީޔޫ ތަރައްގީކޮށްފައިވަނީ 30 އެދަށް މެޑިކަލް ގޭސް ލިބޭ ގޮތަށް ކަމަށެވެ.
ހެލްތު މިނިސްޓްރީން ކުޅުދުއްފުށީ ހޮސްޕިޓަލް މަރާމާތު ކުރުމަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އެ މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހުއެވެ.
އެ މަޝްރޫއުގެ ދަށުން ވޯޑް އިމާރާތް ކުރުމާއި އޯޕީޑީ އިމާރާތް އެޅުމާއި ލެބޯޓްރީ އިމާރާތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ފުރިހަމަކޮށްފައެވެ. އަދި އޯޕީޑީ އިމާރާތުގެ މަޝްރޫގެ މަސައްކަތުގެ 64 ޕަސެންޓް ވަނީ ނިމިފައެވެ. އަދި ޕޮއިންޓް ވަޔަރިން އާއި ފިޓިންގްސް، މޭސަނަރީ އަދި ޕްލާސްޓަރިންގެ މަސައްކަތްތައް ވަނީ ނިމިފައެވެ.
ހެލްތު މިނިސްޓްރީން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 30.3 މިލިއަން ރުފިޔާއަށެވެ.