އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިޔަ މައްސަލައިގައި ހައްޔަރުކުރި އިންޑިއާ މީހާ ބަންދުން ދޫކޮށްލައިފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ 10:00 ހާއިރު އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމު ގޮސްގެން ހައްޔަރުކުރި އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ވަނީ ބަންދަށް އެއް ދުވަސް ޖަހައިފައެވެ.
އެއީ ފުލުހުންގެ ފަރާތުން ތަރުޖަމާނަކު ހަމަޖައްސާފައި ނުވާތީ ތަރުޖަމާނަކާއެކު މުއްދަތު މަޖިލިސް ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، ކޯޓުން ދިން އެއް ދުވަހުގެ މުއްދަތު ހަމަވުމުން އެމީހާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް ނުދެއްވައެވެ.
އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމު ގޮސްފައިވަނީ 52 އަހަރުގެ ފިރިހެކެވެ. އޭނާގެ ބަންދުކުރި ކޯޓު އަމުރުގައިވާ ގޮތުގައިވާ އެ މީހާއަކީ ސައްހަ ވިސާއެއްގައި ރާއްޖޭގައި އުޅޭ މީހެކެވެ. އަދި އޭނާއަކީ ރިސޯޓެއްގައި މަސައްކަތްކުރާ މީހެއް ކަމަށާއި އޭނާ މާލެ އައީ ރޭގަނޑުގެ ކެއުމަކަށް ކަމަށް ބުނެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައިވެއެވެ.
ފުލުހުން އޭނާގެ މައްޗަށް ތުހުމަތުކުރަނީ އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ކުށެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރުގެ ހެއްކާއި ގަރީނާ ފުލުހުން ވަނީ ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު