ބަނޑޮސް އައިލެންޑް ރިސޯޓުގެ ގޮނޑުދޮށުގެ ދެކުނު އިރުމަތީ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ބޭރުތޮށީގެ ޕްރޮފައިލިން މަސަައްކަތްތައް އެމްޓީސީސީން ނިންމާލައިފިއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އޯކިޑް ހޮލްޑިން ކުންފުނިންނެވެ. މަޝްރޫއު ފެށުމަށް އެ ސަރަހައްދު މޮބިލައިޒް ކުރީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ.
މި މަޝްރޫއުގެ ދަށުން 557 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.