މާލެ ކަޅުތުއްކަލާކޮއްޓާ އިންވެގެން ހުންނަ ހުންނަ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކާޑު ގުދަނުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށް އެ ގުދަނަށާއި މެޑިކަލް ގުދަނުގެ ބޮޑު ބަޔަކަށް ސޯލާ ހަކަތައިން ކަރަންޓު ދޭން ފަށައިފިއެވެ.
މިއީ އެސްޓީއޯގެ ގްރީން އިނީޝިއޭޓިވްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމަށް ހިންގި ޕައިލޮޓް ޕްރޮޖެކްޓެކެވެ. މިދިޔަ ޖުލައި މަހު ފެށި މި ޕްރޮޖެކްޓް ނިންމާލީ އިއްޔެއެވެ.
މި ޕްރޮޖެކްޓުގެ ދަށުން އެސްޓީއޯގެ ކާޑު ގުދަނުގައި ހަރުކޮށްފައިވާ ސޯލާ ފެނަލްތަކުން އެ ގުދަނަށް ބޭނުންވާ ކަރަންޓުގެ އިތުރުން އެތަނުން އުފައްދާ ކަރަންޓް ސްޓެލްކޯގެ ގްރިޑަށް ފޮނުވައިގެން އެސްޓީއޯގެ މެޑިކަލް ގުދަނުގެ ކަރަންޓުގެ ބޮޑުބައެއްވެސް ދެނީ ސޯލާ ހަކަތައިންނެވެ.
އެސްޓީއޯގެ ކާޑު ގުދަނަކީ ތިމާވެއްޓާ ރައްޓެހި ތަނަކަށް ހެދުމުގެ ގޮތުން ގުދަނުގައި ބޭނުން ކުރަމުންދަނީވެސް ތިމާވެއްޓާ ރައްޓެހި ބެޓްރީ ފޯކްލިފްޓެވެ.
އެސްޓީއޯ އިން ބުނީ، އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ކާބަން އެމިޝަން މަދުކުރުމަށް ކުރެވޭނެ ކަންކަން ބަލައި އެގޮތުގެ މަތިން ކުންފުނީގެ މަސައްކަތްތައް ބަދަލުކުރުން ކަމަށެވެ.
އެގޮތުން އެ ކުންފުނީގެ އެކިއެކި އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓް އުފެއްދުމަށް އިޔާދަކުރަނިވި ހަކަތައިގެ އިތުރު ޕްރޮޖެކްޓްތައް ކުރިއަށް ރޭވިފައިވާ ކަމަށާއި ގްރީން އިނީޝިއޭޓިވް ދަށުން އެތައް ޕްރޮޖެކްޓްތަކެއް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު