އުރީދޫ ޕާސްޕޯޓް މެދުވެރިކޮށް ރޯމިން ރޭޓުތަކުން 90 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.
އުރީދޫން ބުނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ އުރީދު ކަސްޓަމަރުން، އަމިއްލަ ސިމްކާޑުން ކަންބޮޑުވުމެއް ނެތި އާއިލާއާއި ރައްޓެހިންނާ ގުޅާލުމަށް ފަރުމާކޮށްފައިވާ ޙާއްސަ ސިމް ކާޑް، އުރީދޫ ޕާސްޕޯޓް މެދުވެރިކޮށް ރޯމިން ރޭޓުތަކުން 90 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
އުރީދޫ ޕާސްޕޯޓަކީ 100 އަށްވުރެ ގިނަ 4ޖީ ރޯމިން ބޭނުންކުރެވޭ ގައުމުތައް ހިމެނޭ ގޮތަށް 200 އަށްވުރެ ގިނަ ގައުމުގައި އެންމެ ހެޔޮ އަގުގައި ރޯމިންގެ ހިދުމަތް ލިބޭ ސިމް ކާޑެކެވެ.
"އާންމުކޮށް ދަތުރުކުރާ ކަސްޓަމަރުންނަށް، ދަތުރު މަތީގައި އުޅޭއިރު އާއިލާ އާއި ރައްޓެހިންގެ ހާލު ބަލައިލާ ގުޅުން ބަދަހިކޮށްލުމަށް އުރީދޫ ޕާސްޕޯޓަކީ ވަރަށް ފުރިހަމަ ހިދުމަތެއް. 200 އަށްވުރެ ގިނަ ގައުމުގައި ރޯމިން ރޭޓްތަކުން 90 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބުމާއެކު، މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް. އަޅުގަނޑުމެންގެ ޓީމުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އެންމެ ފުރިހަމަ ހިދުމަތްތަކާއެކު ކޮންމެ ތަނެއްގައި، ކޮންމެ ވަގުތަކުވެސް، ހެޔޮ އަގުގައި ފަސޭހަކާމާއެކު ކަސްޓަމަރުން ގުޅުވާލަދިނުމަށް،" އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވިއެވެ.
އުރީދޫން ބުނީ، އުރީދޫ ޕޯސްޓްޕެއިޑް ރޯމިން ކަސްޓަމަރުން އަދި އަލަށް ރޯމިން އެކްޓިވޭޓް ކުރާ ކަސްޓަމަރުން އެންމެ ހެޔޮ އަގުގައި ރޯމިންގެ ހިދުމަތް ހޯދުމަށް ގްރޭޓާ މާލޭގެ ކޮންމެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކަށް ޒިޔާރަތްކޮށް، އުރީދޫ ޕާސްޕޯޓް ސިމަކަށް އަޕްގްރޭޑް ކޮށްލެވޭނެ ކަމަށެވެ. އަދި ޑޭޓާ ރޯމިން ހިދުމަތް ފަސޭހަކަމާއެކު *929*6# އަށް ގުޅާލައިގެން އެކްޓިވޭޓް ކޮށްލެވޭނެ ކަމަށާއި އުރީދޫ ޕާސްޕޯޓް ކަސްޓަމަރުން، ފޯނުގައި "އޮޓޮމެޓިކް" ސިމް އެޕްލިކޭޝަން ސެޓިންގްސް ހިޔާރުކުރުމުން އުރީދޫ ޕާސްޕޯޓް ކަވަރޭޖު ލިބޭ ގައުމުތަކުގައި ރޯމިން ހިދުމަތް ބޭނުންކުރަން ފެށުމާއެކު އުރީދޫ ޕާސްޕޯޓް ސިމް އަމިއްލައަށް އެކްޓިވޭޓް ވެގެން ދާނެ ކަމަށެވެ.
ސިމް ކާޑު އުރީދޫ ޕާސްޕޯޓް ސިމް އަކަށް ބަދަލުކުރުމަށް ނުވަތަ އުރީދޫ ޕާސްޕޯޓް ކަވަރޭޖް ނުލިބޭ ގައުމުތަކުގައި ރޯމިން ކަސްޓަމަރުންނަށް އަދިވެސް ސްޓޭންޑަޑް ރޯމިން ރޭޓުތަކާ އެއްގޮތަށް ރޯމިންގެ ހިދުމަތް ބެނުންކުރެވޭނެ ކަމަށާއި ޕްރީޕެއިޑް ޕްލޭނަކަށް ނުވަތަ ބިލް ކޮންޓްރޯލް ޕްލޭނަކަށް ބަދަލުވާން ބޭނުންވާ އުރީދޫ ޕާސްޕޯޓް ކަސްޓަމަރުން، އުރީދޫ ޕާސްޕޯޓް ސިމް ޑީއެކްޓިވޭޓްކޮށް އާދައިގެ ސިމް ކާޑަކަށް ބަދަލުކޮށްލަން ޖެހޭނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު