ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 42.9 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
- ބަނދަރު ފުންކުރުން: 4،389 ކިއުބިކް މީޓަރަށް
- ބަނދަރަށް އިތުރުކުރެވޭ ބައި ފުންކުރުން: 30،172 ކިއުބިކް މީޓަރަށް
- ބަނދަރަށް ވަންނަ ނެރު ފުންކުރުން: 2،040 ކިއުބިކް މީޓަރަށް
- 295 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން
- 70 މީޓަރުގެ ރިވެޓްމަންޓް ޖެހުން
- 314 މީޓަރު ސްކޯރިން އެޕްރޮން ޖެހުން
- 2 ނެވިގޭޝަން ލައިޓް ހަރުކުރުން
- 314 މީޓަރުގެ އެއްގަމު ތޮށި ޖެހުން
- 10 މޫރިން ބޮއި ހަރުކުރުން
- ރޭމްޕް ހެދުން
- 16 މަގު ބައްތި ހަރުކުރުން
- 1،556.61 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު