ޔުނައިޓެޑް ނޭޝަންސް، އދ.ގެ އާއްމު މަޖިލީހުގެ ކުރީގެ ރައީސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ރިޔާސަތުގައި އދ. އިން ގައުމުތަކާ ގާތްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ޝާހިދުގެ ދައުރު ހަމަވުމުން، ރައީސް ސޯލިހު އެކަމަށް މަރުހަބާ ވިދާޅުވެ، މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ޝާހިދުގެ ރިޔާސަތުގައި ދުނިޔޭގެ ގައުމުތަކުގެ މެދުގައި އޮތް ގުޅުން ވަރުގަދަވެފައިވާ ކަމަށާއި އަދި އދ. އިން ގައުމުތަކާ އޮންނަ ގުޅުންވެސް ވަރުގަދަވިކަމަށެވެ.
"ރާއްޖޭގެ ނަމުގައި ފަހުރުވެރިކަމާއެކު ޝުކުރު އަދާކުރަން" ޝާހިދު ޓެގްކުރައްވައި ރައީސް ވިދާޅުވިއެވެ.
ޝާހިދު، އދ. އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ޝާހިދުގެ ދައުރު އިއްޔެ ވަނީ ހަމަވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު