މިދިޔަ ހުކުރު ދުވަހު ތިން ފުލުހަކަށް ހަމަލާދިން މައްސަލާ ގުޅިގެން އިއްޔެ ހައްޔަރުކުރި މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި މީގެ ކުރިން ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ މާލެއަށް ނިސްބަތްވާ 20 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެކެވެ. އެ މީހުން ހައްޔަރުކުރީ ހަމަލާދިނުމަށްފަހު ސައިކަލެއްގައި ފިލަން ދަނިކޮށް، މަޖީދީ މަގު ޔޫރޯ ސްޓޯރު ފިހާރަ ކައިރިންނެވެ. ދެ މީހުންނަކީވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ. އެ ދެމީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރީ 20 އަހަރުގެ މީހެވެ.
އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ވަނީ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ. އޭނާ އަކީ އއ. މާޅޮހަށް ނިސްބަތްވާ މީހެކެވެ.
މި ހާދިސާއާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ ތިން ފުލުހަކަށް ހަމަލާދީފައި ވަނީ ހެންވޭރަށް ނިސްބަތްވާ ގުރޫޕަކުން ކަމަށެވެ.
އަނިޔާވި ފުލުހުންނަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާދިން ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ. އެކަމާ ގުޅޭ ގޮތުން މީޑިއާ އޮފިސަރާ ސުވާލުކުރުމުންވެސް ޖަވާބު ދީފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު