މި އަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
ދިރާގުން މިއަދު ބުނީ އެ އެގްޒެބިޝަނަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކަލިނަރީ އިންޑަސްޓްރީގެ ފަންނުވެރިންނަށް އެމީހުންގެ ހުނަރުތަކާއި ހިދުމަތްތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ފަހިކޮށްދޭ މުހިންމު އިވެންޓެއް ކަމަށެވެ.
އެ މުހިންމު އިވެންޓުގެ ޒަރިއްޔާއިން ސަރަހައްދީ ކަލިނަރީ ކޮމިއުނިޓީ ތެރޭގައި ނެޓްވޯކް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ 16 ވަނަ އެޑިޝަންގައި 150 އަށްވުރެ ގިނަ ކުންފުންޏާއި 500 އަށްވުރެ ގިނަ ކަލިނަރީ ކޮމްޕެޓިޝަން އެންޓްރީސް ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ ހަމައެކަނި އިންޓަނޭޝަނަލް ހޮޓެލް ސަޕްލައިސް އެގްޒިބިޝަން ކަމަށެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރާނީ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހިންގޭ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދިނުމަށް ކަމަށް އެކުންފުނިން ބުންޏެވެ.
މި އަހަރުގެ އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 10 އިން 12 އޮކްޓޫބަރުގެ ނިޔަލަށް ދަރުބާރުގޭގެ އެގްޒިބިޝަން ހޯލްގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު