ވޯލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމް ފައުންޑޭޝަންގައި ރާއްޖެއިން ހަލާލް ޓްރެވެލް ތަމްސީލުކުރަން ނިންމައިފިއެވެ.
ރާއްޖޭގެ ފަރާތުން އެ ފޯރަމުގައި ހަލާލް ޓްރެވެލް ތަމްސީލުކުރާނީ މޯލްޑިވްސް ހަލާލް ޓްރެވަލްސް (އެމްއެޗްޓީ)ގެ މެނޭޖިން ޑިރެކްޓަރު ޑރ. ހުސެއިން ސަނީ އުމަރުއެވެ.
ފޯރަމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު މެލޭޝިއާގެ ޕެނަންގައެވެ.
އެމްއެޗްޓީއިން މިއަދު ބުނީ ހަލާލް ޓޫރިޒަމްއާ ބެހޭ ގޮތުން ޑރ. ހުސެއިން ސަނީ އުމަރު ވާހަކަ ދައްކަވާ ސެޝަނަށް ދީފައިވާ ނަމަކީ "މުސްލިމް ފްރެންޑްލީ ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ ކެޕްޗަރިން އޮޕޮޗުނިޓީސް" ކަމަށެވެ.
އެ ސަޝަނުގައި ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށް ހިތްވަރުދީ ސްޓޭކްހޮލްޑަރުންނާ އެކު ހަލާލް ޓޫރިޒަމަށް މީހުން ހޭލުންތެރި ކުރާނެ ކަމަށެވެ. އަދި "މުސްލިމުންނާ ރައްޓެހި" ފަތުރުވެރިކަމާ ގުޅުން ހުރި އިނޮވޭޝަނާއި ވިޔަފާރިވެރިކަމުގެ މާހައުލެއް ތަރައްގީ ކުރުމަށް ރާވާފައިވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށްވެސް އެމްއެޗްޓީން ބުންޏެވެ.
އެމްއެޗްޓީން ބުނީ ޑރ. ހުސެއިން ސަނީ އުމަރާ އެކު ދެން ސެޝަނުގައި ބައިވެރިވާނީ އެމްއެޗްޓީގެ ސީއީއޯ އަދި ފައުންޑާ ޓްރިޕޭޒް އަދި ސަލާމް ސްޓޭންޑާޑު ކަމަށެވެ.
ވޯލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމް ފައުންޑޭޝަންގެ ސަބަބުން ސަރުކާރުތަކާއި ޖަމިއްޔާތަކާއި އަމިއްލަ ދާއިރާގެ މަންދޫބުންނަށް ޓްރެވެލް ދާއިރާގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުން އަރައި ގަންނަން ފަސޭހަވެގެންދާނެ ކަމަށްވެސް އެމްއެޗްޓީން ބުންޏެވެ.
މޯލްޑިވްސް ހަލާލް ޓްރެވެލް (އެމްއެޗްޓީ) ލޯންޗުކޮށްފައި ވަނީ މިދިޔަ އަހަރުގެ މޭ މަހުގެ 26 ވަނަ ދުވަހު ދުބާއީގައި ފެށި އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް)ގައެވެ. އެމްއެޗްޓީގެ މެނޭޖިން ޑިރެކްޓަރު ޑރ. ހުސައިން ސަނީ ރާއްޖޭގައި އިސްލާމިކް ޓޫރިޒަމް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
މޯލްޑިވްސް ހަލާލު ޓްރެވެލްސްގެ ތެރޭގައި، އެކިއެކި އޮފާތަކާއި މުސްލިމުންނާއި ރައްޓެހި އަގުތަކާއި ޓްރެވެލް މެގަޒިންތަކާއި އެނޫންވެސް އަރަބި ޓޫރިޒަމަށް ބޭނުންވާނެ ގިނަ ކަންކަން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު