ހިޔާ ފްލެޓެއްގެ ތެރޭގައި ހިންގި ހަމަނުޖެހުމެއްގައި ބޭރަށް އެއްޗެހިތައް އުކާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ހިޔާ ފްލެޓެއްގެ މަތިން އެއްޗިހިތަކެއް އުކައި ހަމަނުޖެހުމެއް ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު 12:50 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި ފުލުހުން މި ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯ އާއި ފޮޓޯތަކުން ފެންނަ ގޮތުގައި ހިޔާ ފުލެޓަކުން މަގުމައްޗަށް ތެއްޔާއި ގަސްޕޮޓާއި ސަމުސަލާ އަދި ވަޅިފަދަ ތަކެތިވެސް އުކާފައި ހުއްޓެވެ.
އޭގެ އިތުރުން ޑަބިޔަލެއް ބޭރަށް އެއްލާލުމުން ޕާކު ކޮށްފައި އޮތް ކާރެއްގެ ބިއްލޫރިގަނޑު އެއްކޮށް ވަނީ ހަލާކުވެފައެވެ. އަދި ގަސް އިންދާފައި ހުރި ހުރި ޓައްޕެއް އެއްލުމުން ޕާކު ކޮށްފައި އޮތް ޕިކަޕެއަގެ ބިއްލޫރިގަނޑުވެސް ތަޅައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު