ތިން ފުލުހަކަށް ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއެވެ.
އިއްޔެ ހެނދުނު 11:50 ހާއިރު ހަތަރު ފުލުހުންތަކަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ އިރު، އެ މީހުންނަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާ ދީފައެވެ. ނަމަވެސް އަނިޔާގެ ތަފުސީލެއް އަދި ސާފެއް ނުވެއެވެ.
ތިން ފުލުހަކަށް ހަމަލާދީފައި ވަނީ، 20 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެކެވެ. މާލެއަށް ނިސްބަތްވާ އެ މީހުން ހައްޔަރުކުރީ ހަމަލާދިނުމަށްފަހު ޖީއެން-125 ބްރޭންޑުގެ ސައިކަލެއްގައި ފިލަން ދަނިކޮށް، މަޖީދީ މަގު ޔޫރޯ ސްޓޯރު ފިހާރަ ކައިރިންނެވެ. ދެ މީހުންނަކީވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ކޯޓު އަމުރުގައިވާ ގޮތުން އެ މީހުން ވަނީ ތިން ފުލުހުންނަށް ފަތިބުރިއާއި ގަލުން ހަމަލާދީފައެވެ.
މި ހާދިސާއާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިއްޔެ ވިދާޅުވީ، ތިން ފުލުހަކަށް ހަމަލާދީފައި ވަނީ މާލެއަށް ނިސްބަތްވާ ގުރޫޕަކުން ކަމަށާއި އެ މައްސަލައިގައި ހިމެނޭ އެންމެން ހައްޔަރުކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު