އިނގިރޭސިވިލާތުގެ ރާނީ އެލިޒެބަތު ދެވަނައިގެ ހާލުކޮޅު ސީރިއަސްވެ، އެކަމަނާގެ ސިއްހީ ހާލަތު މޮނިޓާކޮށް ފަރުވާ ދިނުމަށް އެޑްމިޓްކޮށްފިއެވެ.
އިނިގިރޭސިވިލާތުގެ ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރާނީގެ ޑޮކްޓަރުން މިއަދު ހެނދުނު ހެދި އިވެލުއޭޝަނަކަށް ފަހު އެކަމަނާގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވާ ކަމަށް އެ ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި އެކަމަނާގެ ސިއްހީ ހާލުކޮޅު ވަރަށް ގާތުން ޑޮކްޓަރުން މޮނީޓާ ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
ރާނީގެ ސިއްހީ ހާލުކޮޅު ގޯސްވުމާ ގުޅިގެން އެކަމަނާގެ އާއިލާ ބޭފުޅުން ވަނީ އެކަމަނާގެ އަރިހަށް ވަޑައިގެންފައެވެ. އަދި ބައެއް ބޭފުޅުން އެކަމަނާ އަރިހަށް ވަޑައިގެންނެވުމަށްވަނީ ދަތުރު ފައްޓަވައިފައެވެ. އެގޮތުން ޕްރިންސް ޗާލްސް އާއި ކެމީލާ އަދި ޕްރިންސް ވިލިއަމް ވަނީ އެކަމަނާގެ އަރިހަށް ވަޑައިގެންފައެވެ. އެ ހުރިހާ ބޭފުޅުން މިހާރު ތިއްބެވީ ބަލްމޯރަލް ކާސަލްގައެވެ.
ރާނީގެ ތިން ދަރިކަލުންނާއި ދަރިކަނބަލަކާއި މާމަ ވިދާޅުވާ އަށް ބޭފުޅުން އަދި މުނި މާމަ ވިދާޅުވާ 12 ބޭފުޅުން ތިއްބަވައެވެ.
އުމުރުން 96 އަހަރުގެ ރާނީ އިއްޔެ އޮތް އެކަމަނާގެ ކައުންސިލް ބައްދަލުވުމުގައިވެސް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. އެ ބައްދަލުވުމުގައި އެކަމަނާ ބައިވެރިވެވަޑައިގެންފައި ނުވަނީ އަރާމުކުރެއްވުމަށް ޑޮކްޓަރުން އިރުޝާދުދީފައިވާތީއެވެ.
ރާނީގެ ހާލުކޮޅު ސީރިއަސްވުމުގެ ސަބަބުން ސިޔާސީ ލީޑަރުން ގެންދަވަނީ އެކަމަނާއަށް ހެޔޮ އެދުންތައް ފޮނުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު