ރާއްޖެ އެތެރެކޮށްފައިވާ ހުއްދަ ނެތް ކާކުލަ އަޅާފައިވާ އައިސްކްރީމް ޕައުޑަރެއް ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުއްދަ ނެތް ކާކުލަ އަޅައިގެން އުފައްދާފައިވާ އިޓަލީގެ ސްޓެއްލާ ބްރޭންޑުގެ އައިސްކްރީމް ޕައުޑަރު ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ޔޫރަޕުގެ ރެޕިޑް އެލާމް ފޯ ފުޑް އެންޑް ފީޑް އިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.
އެހެންކަމުން އެ ބްރޭންޑުގެ އައިސްކްރީމް ޕައުޑަރު އެތެރެކޮށް ވިއްކުމަކީ މަނާކަމެއް ކަމަށާއި އެ ބާވަތުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރި ކަމަށް އޮތް މިންވަރު ބެލުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށް އެފްއެފްޑީއޭ އިން ބުންޏެވެ.
ސިއްހީގޮތުން ރައްކާތެރި ނޫން ބައެއް ޕްރޮޑަކްޓުތައް ނުވަތަ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ޕްރޮޑަކްޓުތައް ވިއްކާ މައްސަލައިގައި މީގެ ކުރިން އެފްއެފްޑީއޭ އިން އެފަދަ ފިޔަވަޅުތައް އަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު