ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ސައުދުﷲ އަހުމަދު އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ ސައުދުﷲ އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ ހަފުތާގައި ކަމަށެވެ.
ސައުދުﷲ އަކީ މީގެ ކުރިން ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރުކަމާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯންގެ ޗެއާމަންގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ސައުދުﷲ އަކީ މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެކެވެ.
ސައުދުﷲ ގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިން ބޭފުޅަކު ތިއްބަވައެވެ. އެއީ ހިދާޔާ ނަސީރާއި ހަމަދު އަބްދުލްޣަނީ އަދި ސިމާޒް އަލީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު